ވިޔަފާރި

ޑިސްއިންފެކްޓެންޓުކުރުމަށް އެއްގަޑިއިރަށް އޭޓީއެމްތައް ބަންދުކުރަނީ


އޭޓީއެމްތައް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރުމަށް އޭޓީއެމް ސެންޓަރުތައް ބައެއް ވަގުތުތަކުގައި ބަންދުކޮށްފައި ހުންނާނެ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ އޭޓީއެމްތައް ޑިސްއިންފެކްޓެންޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޝެޑިއުލް އެބޭންކުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. އަދި އޭޓީއެމްއަށް ދާން ހުއްދަ ނަގާއިރު، މި ޝެޑިއުލް ބާލައިގެން އޭޓީއެމްއެއް ހިޔާރުކުރުމަށް ބީއެމްއެލުން އެދެއެވެ.

ބީއެމްއެލުން ދަނީ މާލޭގައި އެބޭންކުގެ 7 އޭޓީއެމް ސެންޓަރެއްގެ ޙިދުމަތް ދެމުންނެވެ.

ބީއެމްއެލްގެ އޭޓީއެމްތަކަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޙިދުމަތް ހޯދަމުންދާ ތަނެކެވެ. އަދި އެކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށާއި، ޙިދުމަތް ހޯދަން އަންނަ ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އޭޓީއެމް ސެންޓަރުތައް ޑިސްއިންފެކްޓެންޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެބޭންކުން ހާމަކުރެއެވެ.

އޭޓީއެމް ސެންޓަރުތަކުގެ އިތުރުން އެބޭންކުގެ ބުރާންޗުތަށްވެސް ޑިސްއިންފެކްޓެންޓުކުރުމުގެ މަސައްކަތް އެބޭންކުން ދަނީ ކުރަމުންނެވެ.