ޚަބަރު

ތިލަފުށީގައި ހަމަނުޖެހުމެއް ހިނގާ 100 އަށްވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި


ކ. ތިލަފުށީގައި ބިދޭސީންގެ ބަޔަކު ހަމަނުޖެހުން ހިންގާ ފުލުހުންނަށް ހަމަލާދީފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީ ހިންގި ހަމަނުޖެހުމުގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. އަދި މި ހަމަނުޖެހުމާއި ގުޅިގެން 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މިހާރުވެސް ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. ނަމަވެސް މި ހަމަނުޖެހުމާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ. އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގާފައިވަނީ އިންޑިއާގެ ރައްޔިތުންތަކަކާއި ބަންގަލަދޭޝްގެ ރައްޔިތުންތަކެކެވެ.

ބިދޭސީންގެ ބަޔަކު ހަމަނުޖެހުން ހިންގާފައި ފުލުހުންނަށް ހަމަލާދީފައި މިވަނީ ތިލަފުށީގައި ތިބި ބިދޭސީންތަކެއް އެރަށުގައި ހުންނަ ޕްލިސް ސްޓޭޝަން ކައިރިއަށް އެއްވެ މިދިޔަ މަހު ފަހުކޮޅު ހަޅުތާލުކޮށްފައިވަނިކޮށެވެ. މި މީހުން މުޒާހަރާކޮށްފައިވަނީ އެމީހުން ގެންގުޅޭ ކުންފުނިން އެމީހުން ބައިތިބި ތަނުގެ ފެންވަރު ދަށްވުމާއި މުސާރަ ނުދިނުމާއި ގުޅިގެންނެވެ.