ވިޔަފާރި

މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި


މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.

މިފްކޯއިން ބުނީ މިފްކޯ މަސްފިހާރަ ދެން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށްކަމަށެވެ.ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ މިވަގުތުތަކުގައިވެސް މިފްކޯ މަސްފިހާރަ ހުޅުވާފައި ހުންނާނެއެވެ.

މި ވަގުތުތަކުގައި މިފްކޯގެ މާފަންނު، ގަލޮޅު، އަދި ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނެއެވެ. މިފްކޯ މަސްފިހާރައިން ވިޔަފާރި ކުރެވޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށް މިފްކޯއިން ބުނެއެވެ. މީގެކުރިން މިފްކޯ މަސްފިހާރަ ހުޅުވަނީ ހެނދުނު 0930 އިން ހަވީރު 4:00 އަށެވެ.

ޚިދުމަތް ހޯއްދަން އަންނަ އިރު މާސްކް އަދި އަންގި ބޭނުންކުރުމަށްވެސް މިފްކޯއިން އިލްތިމާޒްކުރެއެވެ. މީގެއިތުރުން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށްވެސް މިފްކޯއިން ވަނީ އެދިފައެވެ.