ޚަބަރު

އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކު 3 ދުވަހު ބެންކުތައް ހުޅުވަނީ


އަސާސީ ހިދުމަތްތައް ދިނުމަށް އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކު 3 ދުވަހު ބެންކުތައް ހުޅުވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ ޖޫންމަހުގެ 1 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަަަލަށް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކުތަށް ހުޅުވާ އަސާސީ ހިދުމަތްތައް ދޭނެކަމަށެެވެ. މިގޮތުން ކޮންމެ ދުވަހަކު 9:30 އިން މެންދުރު 14:00 އަށް ބޭންކުތަކުން އާންމުންނަށް ހިދުމަތް ދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ބެންކުތައް ހުޅުވިނަމަވެސް މިމުއްދަތުގައި އެމްއެމްއޭއިން އާންމުންނަށް ހިދުމަތެއް ނުދޭނެއެވެ، ނަމަވެސް ސަރުކާރުގެ އޮންލައިން ޕްލެޓްފޯމް ޖެމްސް ބޭނުންކުރާ ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި [email protected] ބަލައިގަންނާނެއެވެ.

އެމްއެމްއޭއިން ބުނީ ވަކިވަކި ބޭންކުން ދޭނެ ހިދުމަތްތަކާއި، ގަޑިތަކުގެ ތަފްސީލް އެ ބޭންކުތަކުން އިއުލާންކުރާނެކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވީނަމަވެސް އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ބައެއް މުޢައްސަސާތަކުން ޚިދުމަތް ދޭ ގަޑިތައް ބަދަލުކޮށް، އޮންލައިންކޮށް ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ދަނީ ހަމަޖައްސަމުންނެވެ.