ޚަބަރު

ކޯވިޑް-19 : އިތުރު 10 މީހަކު ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 242 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހާތަނަށް އެއްދުވަހެއްގައި ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު އެންމެ ގިނައީ އިއްޔެއެވެ. އެގޮތުން އިއްޔެ 77 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަމަވެސް މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެތެރޭގައި ގިނައީ ދިވެހިންނެވެ.

މިހާތަނަށް 1457 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، މިހަފްތާގައި ބަލިން ރަނގަޅުވީކަން ހާމަކުރި މީހުންގެ ޢަދަދު އިތުރުކަން ފާހަގަކުރެވެއެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.