ޚަބަރު

މަޖީދީ މަގު ނިމޭ ހިސާބަށް ސުނާމީ ބިނާ ބަދަލުކުރަނީ


މަޖީދީ
މަގުގެ ހުޅަނގުން އެ މަގު ނިމޭ ހިސާބަށް ސުނާމީ ބިނާ ބަދަލުކުރުމަށް
ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެެވެ.



ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު
މުއިއްޒު ވިދާޅުވީ ސުނާމީ ބިނާ ބަދަލުކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ
ފަށާނެކަމަށާއި އޮކްޓޯބަރ މަހުގެ ކުރިން ބަދަލުކުރެވޭނެކަމަށެވެ. އަދި އެ
ސަރަޙައްދަށް ބަދަލުކުރުމުން ގިނަ މީހުންނަށް ސުނާމީ ބިނާ ފެނުމުގެ ފުރުސަތު
ބޮޑުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ސުނާމީ ބިނާ މިހާރު ހުރި ސަރަހައްދުން ބަދަލުކުރަނީ
ހުޅުލެ-މާލެ ބްރިޖް ގުޅުވާނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ
އިރު ދެކުނު ފަރާތު ސުނާމީ ބިނާ ސަރަހައްދަށް ކަމަށް ވާތީއެވެ. ސުނާމީ ބިނާ މިހާރު
ހުރި ސަރަހައްދަކީ ބްރިޖުގެ ލޭންޑިން ސަރަހައްދެވެ.



ސުނާމީ ބިނާ އަކީ 2004
ވަަނަ އަަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީގައި ލިބުނު ގެއްލުންތަކާއި
މަރުވެދިޔަ މީހުންގެ ހަނދާނުގައި ހަދާފައިވާ ރަމްޒީ ބިނާއެކެވެ.