ޚަބަރު

ރާއްޖޭގައި އިނގިރޭސިވިލާތުގެ ވިސާ އެޕްލިކޭޝަން ސެންޓަރއެއް


އިނގިރޭސިވިލާތުގެ
ވިސާ އެންޑް އިމިގްރޭޝަންގެ ފަރާތުން ރާއްޖޭގައި އެއް ދުވަހުގެ ވިސާ އެޕްލިކޭޝަން
ސެންޓަރެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން
ހާމަކޮށްފިއެވެ.



ފޮރިން
މިނިސްޓްރީން ބުނީ އިނގިރޭސިވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް
ލުއިފަސޭހަކަމާއިއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައި
ދެއްވުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން،
އިނގިރޭސިވިލާތުގެ ވިސާ އެންޑް އިމިގްރޭޝަން ގެ ފަރާތުން ރާއްޖޭގައި ޤާއިމްކުރާ މި
ސެންޓަރުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވާ ބުދަ ދުވަހުގެ
ހެނދުނު 9 އަކުން ހަވީރު 4 ކަށް ފޮރިން އެފެއާޒް މިނިސްޓްރީގައި ކަމަށެވެ.



ފޮރިން މިނިސްޓްރީން ބުނީ މި ވިސާ އެޕްލިކޭޝަން
ސެންޓަރުގެ ޙިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން www.visa4uk.fco.gov.uk/
ވެބްސައިޓުން ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް
އެޕޮއިންޓްމަންޓެއް ހެއްދެވުމަށް އިނގިރޭސިވިލާތުގެ ވިސާ އެންޑް އިމިގްރޭޝަންސް
އިން އެދިވަޑައިގަންނަވައެވެ.



އަދި މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށްވެސް ފޮރިން އެފެއަރޒް
މިނިސްޓްެރީން ބުނެއެވެ.



އިނގިރޭސި ވިލާތަށް ކިޔަވަން ދާން ބޭނުންވާ ދިވެހި
ދަރިވަރުން މިހާތަނަށް ވިސާ ހޯދަންޖެހެނީ ލަންކާ އަށް ގޮސްގެންނެވެ.