ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ އަދަދު 144އަށް އިތުރުވެއްޖެ


ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެ، ރާއްޖެއިން މިބައްޔަށް ފަރުވާދީ ރަނގަޅުވީ މީހުންގެ އަދަދު 144 އިތުރުވެއްޖެއެވެ.

މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، މިހަފްތާގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުކަން ފާހަގކުރެވެއެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

ތަފްސީލް އަންނަނީ...