ޚަބަރު

ކޯވިޑް-19 : އިތުރު 58 މީހަކު ޕޮޒިޓިވްވެއްޖެ


އިތުރު 58 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖޭއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1371 އިތުރުވެއްޖެއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 14 މީހެއްގެ އިތުރުން ނޭޕާލްގެ 6 މީހެކެވެ.

މިއާއެކު މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދދުވަނީ 494 އަށް އަރާފައެވެ. އަދި ބިދޭސީންގެ އަދަދުވަނީ 877 އަށް އިތުރުވެފައެވެ.

މިހާތަނަށް އެންމެ ގިނައިން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މިހާތަނަށްވަނީ އެޤައުމުގެ 688 މީހުން ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި ނުވަތަ ބައްޔަސް ފަރުވާ ދެމުންދަނީ 1221 މީހުންނެވެ.

ރާއްޖެއިން މިބަލި ފެނުނުތާ މިއަދަށް 78 ދުވަސްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނެވެ. އަދި މިބަލީގައި ވަނީ 4 މީހުން މަރުވެފައެވެ.