ޚަބަރު

ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމުގެ މުހިންމުކަން މި ޙާލަތުން އެނގިއްޖެ - ޙެލްތު މިނިސްޓަރ


ކޯވިޑް-19ގެ މިހާލަތުން އަރައިގަނެވުމަކީ ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމާއި އެ ނިޒާމް ހަރުދަނާ ކުރުމަށް ލިބިގެންދާނެ ރަނަގޅު ފުރުޞަތެއްކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނެސްދެމުންދާ ޚާއްޞަ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިއީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ދަތި ދުވަސްވަރެއްކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި މި ތަޖުރިބާއާއެކު ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކޮށް ރަނގަޅު މިސްރާބަކަށް ގެންދިޔުމަށްޓަކައި މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމަށްޓަކައި މިހާރު ވިސްނާފައިވާ ސިޔާސަތުތައް ތަންފީޒް ކުރުމަށް ފުރުޞަތު ލިބުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިއްޙީ ނިޒާމް ލަމަރުކަޒީ ކުރުމުގައިވެސް އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ދެވޭނެ ތަމްރީން ވެފައިތިބި މީހުންނާއި ވަޞީލަތްތައް ހުންނަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އަތޮޅުތަކުގެ ޕަބްލިކް ހެލްތް، އާ ނިޒާމަކަށް ދާންޖެހޭކަމަށާއި އެފަދަ ނިޒާމެއް ބައްޓަން ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަށް ބެހިފައިވާގޮތުންނާއި ދަތުރުފަތުުރުކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެ ރަށްތަކުގައި ތަމްރީން ލިބިފައިވާ މީޙުން ލިބުމުގައި ދަތިތަކެމެއް ހުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރަށްރަށުން އެކަށޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިދިނުމަށްޓަކައި ތަމްރީން ލިބިފައިތިބި ޑޮކްޓަރުންނާއި ސިއްޙީ ތެރީތެރިންގެ އިތުރުން ރަނގަޅު ވަސީލަތްތަކެއްވެސް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަތޮޅުތެރޭގައި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި މީޙުން ބިނާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަތޮލޫތަކުގެ އެކި ސަރަާޙއްދުތަކުން ފޯރުކޯށްދޭ ޚިދުމަތްތަކަކީ ސިއްޙީ ނިޒާމުގެ ވަކި ޚިދުމަތަކުން ކުރިއަރާފައިވާ ސަރަޙައްދުތަކަކަށް ވާން އެބަޖެހޭ. މި އަމާޒު ހިފައިގެން ދުރުރާސްތާގެ ޕްލޭންގައިވެސް އެ ޚިދުމަތް ޚިދުމަތެއްގެ ގޮތުގައި އޮންނާނީ." ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ނިންމާފައެވެ. އެގޮތުން މިހާރު ވަނީ ތިން އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރާ ހެލްތު ފެސިލިޓީޒްތަކުގެ ތެރޭގައި ހިމަނައިގެން 55 އެނދުގެ އައު ހޮސްޕިޓަލްތައް އެޅުމަށް ނިންމާފައެވެ. މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ ކަމަށާއި، އަދި މީގެ އިތުރުން ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދޭނެ އިންތިޒާމްތައްވެސް ހުންނާނެކަމަށް ހެލްތް މިނިސްޓްރީޏް ވަނީ ވިދާޅުވެއެފއެވެ.

ސިއްޙީ ނިޒާމް ލާމަރުކަޒީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެކި ސަރަަޙައްދުތަކުގައި މިފަދަ ހޮސްޕިޓަލްތައް ތަރައްޤި ކުރުމުގެ ސަބަބުން ބޭސްފަރުވާއަށް އެ ސަރހައްދުތަކުން މާލެ އަންނަ މީހުންގެ އަދަދު މަދުވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.