ޚަބަރު

ޑޮކްޓަރުންގެ ލައިސެންސިންގ އިމްތިހާން 5 ޑޮކްޓަރަކު ހަދައިފި


ރާއްޖޭގައި ފުރަތަމަ
ފަހަރަށް ބޭއްވޭ ޑޮކްޓަރުންގެ ލައިސެންސިންގ އިމްތިހާން ފަސް ޑޮކްޓަރުން ހަދައިފިއެވެ.



މޯލްޑިވްސް މެޑިކަލް ކައުންސިލުން ބުނީ މި އިމްތިހާން ހެދުމަށް 9 ޑޮކްޓަރަކު ރަޖިސްޓަރކޮށްފައިވީ
ނަމަވެސް އިމްތިޚާނުގައި ބައިބެރިވެފައިވަނީ 5 ޑޮކްޓަރުންކަމަށެވެ. އަދި
އިމްތިޚާނުގެ ނަތީޖާ ހަފްތާއެއްގެ ތެރޭގައި ލިބޭނެކަމަށާއި ފެއިލްވާ ފަރާތްތަކަށް
އިމްތިހާނު އަލުން ހެދުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރ މަހު ދެވޭނެކަމަށް އެ
ކައުންސިލުން ބުނެއެވެ.



މެޑިކަލް
ކައުންސިލުން ބުނީ އެ ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި އަދި ބިދޭސީ
އެމް.ބީ.ބީ.އެސް ޑޮކްޓަރުންނަށް
އެއްއަހަރުދުވަހަށް ދެވޭ ލައިސަންސްގެ މުއްދަތުގެ ހަމަވުމުގެ ކުރިން އިމްތިހާނު
ނަހަދައިފިނަމަ ނުވަތަ އިމްތިހާނުން ފާސް ނުވެއްޖެނަމަ އެފަރާތްތަކަށް ދީފައިވާ ލައިސަންސް ބާތިލްވާނެކަމަށެވެ.



މިއިމްތިޙާނަކީ
އަހަރަކު 3 ފަހަރު ބާއްވާގޮތަށް ހަމަޖެހިފައިވާ އިމްތިޙާނެއްކަމަށާއި
އިމްތިޙާން އެކުލެވިގެންވަނީ 2 ކަރުދާހުގެ މައްޗަށްކަމަށް މޯލްޑިވްސް މެޑިކަލް
ކައުންސިލްއިން ބުނެއެވެ.



ލައިސެންސިން އިމްތިޙާނު ދިނުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ
ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ހެދުންކަމަށް އެ ކައުންސިލްއިން ބުނެއެވެ.