އަތޮޅުތައް

ރ.އަތޮޅުގައި ވިލާކޮލެޖްގެ މަތީފެންވަރުގެ ކޯސްތައްފަށަނީ


ވިލާކޮލެޖުން ހިންގާ މަތީފެންވަރުގެ ބައެއް ކޯސްތައް މިއަހަރު ރ.އަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކޮލެޖުން ހާމަކޮށްފިއެވެ.ވިލާ ކޮލެޖުން މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކުގެތެރެއިން މާރސްޓާރސްއާއި ޑިގްރީ ޕްރޮގުރާމްތަކުގެ އިތުރުން ފައުންޑޭޝަން ލެވަލްގެ ކޯސްތަކަށްވެސް އެކަށީގެންވާ އަދަދަށް ދަރިވަރުން ލިބިއްޖެނަމަ ކޯސްތައް ފަށަން ހަމަޖެހިފައިވާ އެ ކޮލެޖުން ހާމަކުރެއެވެ. އެގޮތުން ހުޅުދުއްފާރުގައި ޓީޗިންގ ކޯހެއް ފެށުމަށް މަސައްކަތްކުރާއިރު، އުނގޫފާރުގައި ފަށަން ހަމަޖެހިފައިވަނީ "ހިއުމަން ރިސޯސް މެނޭޖްމަންޓް"ގެ ޑިގްރީކޯހެއްކަމަށް ވިލާކޮލެޖުން މައުލޫމާތުދެއެވެ. އަދި ފައުންޑޭޝަން ލެވަލްއަށް ސާޅީސް ދަރިވަރުން ހަމަވެއްޖެނަމަ އެކޯސްވެސް އުނގޫފާރުގައި ފަށާނެކަމަށް ވިލާ ކޮލެޖުން ހާމަކުރެއެވެ.މިއަހަރު ވިލާ ކޮލެޖުން ރ.އަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދަނީ، އިންޓަރނޭޝަލް ފެންވަރުގެ ޕްރޮގްރާމްތަކެއްކަމަށްވެސް ވިލާއިން މައުލޫމާތުދެއެވެ.