ޚަބަރު

ކޯވިޑް-19 : ފުލުހުންގެ ތެރެއިން 23 މީހުން ޕޮޒިޓިވް، އެންމެގެ ޙާލުވެސް ރަނގަޅު - ސީޕީ


ފުލުހުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 23 މީހުންކަމަށާއި އެއެންމެންގެ ޙާލުވެސް ރަނގަޅުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި އެއިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޕޮޒިޓިވްވި 23 މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ފުލުހުންނާއި ސިވިލް މުވައްޒަފުންގެ ތެރެއިން 293 މީހުން އައިސޮލޭޓްކުރެވިފައިވާކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.

އަދި ފުލުހުންގެ މުއައްސަސާތެރޭގައި ކޯވިޑް-19 އިތުރަށް ނުފެތުރޭނެފަދަ ގޮތަކަށް ރައްކާތެރިކަމުގެ މުހިއްމުފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށާއި، މިހާލަތުގައި ފުލުހުންގެ މުއައްސަގެ އޮފިސަރުން ނާއި މުވައްޒަފުންކުރާ ބުރަމަސައްކަތް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންގެ ތެރެއިން 23 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާލަތުގައި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުގެ އޮފިސަރުންގެ އިތުރުން އިތު ޚިދުމަތްތެރިން ހިމެނޭހެން ޖުމްލަ 199 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ހާމަކުރައްވާފާއެވެ.