ބެޑްމިންޓަން

ބެޑްމިންޓަން ސިލްގަލްސް ސެމީއަށް އަޖުފާން ދަތުރުކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ފިރިހެން ސިންގަލްސް ސެމީފައިނަލުން މުޙައްމަދު އަޖުފާން ރަޝީދު ޖާގަ ހޯދައިފިއެވެ. ބެޑްމިންޓަން ސިންގަލްސްގެ ސެމީ ފައިނަލަށް އަޖުފާން ދަތުރުކުރީ
ކުއާޓަރ ފައިނަލްގައި މޮރިޝަސްގެ ކުޅުންތެރިޔާ
ބަލިކޮށްގެންނެވެ. އަޖުފާން ކުއާޓަރ ފައިނަލްގައި މޮރިޝަސްގެ ކުޅުންތެރިޔާގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-18 އަދި 21-8 ނެވެ.

މާދަމާ ހެނދުނު ކުޅޭ ސެމީފައިނަލްގައި އަޖުފާން ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ރީޔޫނިއަންގެ
ކުޅުންތެރިއަކާއެވެ. އަޖުފާން ހިމެނޭ ރާއްޖޭގެ ފިރިހެން ޓީމް ވަނީ ޓީމް އިވެންޓްގެ ރިހި މެޑަލް ހޯދާފައެވެ.