ވިޔަފާރި

ތްރީ އާރު ފޯރަމްގެ ޓެލެކޮމް ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފި


ރާއްޖޭގައި
ބާއްވާ ސަރަހައްދީ ފެންވަރުގެ ތިމާވެށީގެ ފޯރަމެއް ކަމަށްވާ "ތްރީ އާރު
ފޯރަމް" ގެ ޓެލެކޮމް ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.



އެކަމާއި
ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި
ޙާއްސަ ހަފްލާއެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން
އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް
އިބްރާހިމް އަދި ދިރާގު ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް
ރަޝީދެވެމި
ހަފްލާގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް  މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ މި ފޯރަމްގެ
ޓެލެ ކޮމިއުނިކޭޝަން ޕާރޓްނަރަކަށް ދިރާގު ވެގެން ދިޔުމަކީ މި ފޯރަމްއަށް ލިބިގެން
ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.



މި ހަފްލާގައި ދިރާގުގެ ސީއީއޯ އިސްމާއިލް
ރަޝީދް ވިދާޅުވީ މިފަދަ ފޯރަމެއްގެ ޓެލްކޮމް ޕާރޓަރެއްގެ މަޤާމް ދިރާގަށް ލިބުމަކީ
ދިރާގަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ފޯރަމްގެ ޓެލްކޮމް
އާއި ގުޅުން ހުރި ކަންތައްތައް ވީ އެއްމެ ފުރިހަމައަކަށް ކުރިއަށް ގެެންދަވާނެ
ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އިސްމާއިލް ރަޝީދް ވިދާޅުވިއެވެ.މިމަހުގެ 17-19 އަށް ދަރުބާރުގޭގައި ބާއްވާ މި ފޯރަމް ފެށުމުގެ އެއްދުވަސްކުރިން
ތްރީ އާރު ދުވަހުގެ ގޮތުގައި އޮގަސްޓް މަހުގެ 16 ވަނަ ދުވަސްފާހަގަކުރުމަށް ވަނީ
ހަމަޖެހިފައެވެ.މި ފޯރަމްގައި 33 ޤައުމަކުން 250 އަށްވުރެ ގިނަ ބޭފުޅުން
ބައިވެރިވަޑައިގަންނަތުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި 8 ޤައުމެއްގެ އެންވަޔަރަމަންޓް
މިނިސްޓަރުން ހިމެނެއެވެ.