ސިއްހަތު

މީހެއްގެ އަތުގައި ބޯލްޓްކުރުމުގެ އޮޕަރޭޝަނެއް ގަން ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއިއެކު ކޮށްފި


އަތް ބިންދައިގެން ދިޔަ މީހެއްގެ އަތުގައި ބޯލްޓްކުރުމުގެ އޮޕަރޭޝަނެއް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކޮށްފިއެވެ.

މިއީ މިފަދަ އޮޕަރޭޝަނެއް އެ ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކުރި ފުރަތަމަ ފަހަރެވެ.

އަތުގައި ބޯލްޓްކުރުމުގެ މި އޮޕަރޭޝަން ކުރެވުނު މީހަކީ، އަތް ބިންދައިގެން ގޮސްގެން ދ. ކުޑަހުވަދޫއިން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނައި އުމުރުން 66 އަހަރުގެ އަންހެނެކެވެ. އޮޕަރޭޝަނަށްފަހު ބަލި މީހާގެ ހާލު ރަނގަޅުކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެ އަންހެން މީހާގެ އަތުގައި ބޯލްޓްކުރުން ނުވަތަ "ކްލޯޒްޓް ރެޑަކްޝަން އެންޑް ފިކްސޭޝަން" އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ ހޮސްޕިޓަލްގެ ކަށީގެ އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރ ޑރ. ރާޖޭޝް އަޗާރިޔާއާއި ޑރ. އަމްރު ތާރެކްކަމަށް ގަން ރީނަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ޓެކްނިކަލް އެހީތެރިކަން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ފަރާތުން ލިބިގެންދިޔަކަން ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.


އަންހެނެއްގެ އަތުގައި ބޯލްޓްކުރުމަށް ކުރި އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: ލ. ގަން ރީޖަނަލް ހޮސްޕިޓަލް

އެ އަންހެން މީހާގެ އަތުގައި ބޯލްޓްކުރުން ނުވަތަ "ކްލޯޒްޓް ރެޑަކްޝަން އެންޑް ފިކްސޭޝަން" އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެ ހޮސްޕިޓަލްގެ ކަށީގެ އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރ ޑރ. ރާޖޭޝް އަޗާރިޔާއާއި ޑރ. އަމްރު ތާރެކްކަމަށް ގަން ރީނަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ޓެކްނިކަލް އެހީތެރިކަން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ފަރާތުން ލިބިގެންދިޔަކަން ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.