ޚަބަރު

ކޯވިޑް-19 : އިތުރު 24 މީހަކު ޕޮޒިޓިވް ވެއްޖެ


އިތުރު 24 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 642 އަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަނގްލަދޭޝްގެ 20 މީހުންނާއި އިންޑިއާ މީހެކެވެ. މިއާއެކު މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ވަނީ 216 އަށް އަރާފައެވެ. އަދި ބިދޭސީންގެ އަދަދު ވަނީ 426 އަށް އަރާފައެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ކުރިއަށް އޮތް ދެ ހަފްތާގައި އިތުރުވާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ޢާންމުންގެ ފަރާތުން އިތުރު އެއބާރުލުން ބޭނުންވާކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ދިހަހާސް ހަތަރުސަތޭކަ އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ނަތީޖާ ނުލިބި ފަސްސަތޭކައަށްވުރެ ގިނަ ސާމްޕަލް އެބަހުރިކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.