ޚަބަރު

ހެރެތެރެ ކަރަންޓީން ފެސިލިޓީން ފިލި 5 މީހުން ހޯދައި ހައްޔަރުކޮށްފި


ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކޮށްފައި ތިއްބާ ފިލި 5 މީހުން ހޯދައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ފިލި މި މީހުންގެ ތެރެއިން 3 މީހަކު ހޯދާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ބާކީ ތިބި 2 މީހުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި ފިލި މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހުޅުދޫ ދެ މިހަކާއި ފުވައްމުލަކު ސިޓީގެ ތިން މީހެކެވެ. އަދި އެމީހުން ފިލައިގެން ގޮސް އަރާފައިވަނީ ހުޅުދޫއަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.