ޚަބަރު

ހެރެތެރޭގައި ކަރަންޓީނުގައި ތިބި 5 މީހަކު ފިލައިފި


ހެރެތެެެރެ ރިސޯޓުގައި ކަރަންޓީނު ކޮށްފައި ތިބި މީހުންގެ ތެރެއިން 5 މީހަކު ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ފިލީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭގެ ތެރެއިން 3 މީހަކު އަތުލައިގަނެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި ފިލައިގެން ދިޔައީ އައްޑޫ ސިޓީ ހުޅުދޫ ދެ މިހަކާއި ފުވައްމުލަކު ސިޓީގެ ތިން މީހެކެވެ. އަދި އެމީހުން ފިލައިގެން ގޮސް އަރާފައިވަނީ ހުޅުދޫއަަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފިލި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ނުގެނެވި ތިބި މީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން އައްޑޫ ސިޓީ ކައުންސިލަށް ރިޕޯޓުކުރުމަށް އެފަރާތުން ވަނީ އެދެފައެވެ.