ކޯވިޑް-19

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ އަދަދު 574އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 574އަށް އިތުރުވެއްޖެއެވެ.

ރާއްޖެއިން މިއަދު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ މީހެކެވެ. ރާއްޖެއިން އިއްޔެ 22 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 6 މީހަކާއި ސްރީލަންކާގެ މީހެކެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 205އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 369އެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ދެހަފްތާއަކީ ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.