ޚަބަރު

ކޯވިޑް-19 : ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސިއްޙީ ސާމާނު އިންޑިއާއިން ގެންނަނީ


މިވަގުތު ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސިއްޙީ ސާމާނު ގެނައުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފިއެވެ.

އިންޑިއާ ސަރުކާރުން މިހާރު ވަނީ އެ ޤައުމުގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންކުރާ، އެހެންނަމަވެސް އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ބައެއް ބޭސްތައް ރާއްޖެއަށް ގެނެވޭނެ މަގު ހަމަޖައްސައިދީފައެވެ.

މިމަގު ފަހިވެފައިވާކަން ފޮރިން މިނިސްޓްރީންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖެއަށް ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި އިންޑިއާއިން ވެދޭ އެހީތެރިކަން ފާހަގަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީންވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އިންޑިއާއަކީ، އަބަދުވެސް ރާއްޖެއާއެކު، ގުޅިގެން މަސައްކަތް ކުރުމުގައި ދެމިއޮންނަ ޤައުމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭއިން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބޭނުންކުރުމަށް މިވަގުތު ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޓެސްޓް ކިޓްތަކާއި، ބައެއް އާލާތްތައް ފަސޭހައިން ލިބޭނޭގޮތް ކަށަވަރު ކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓް ކުރި ތަކެއްޗަކީ މިހާތަނަށް އެކްސްޕޯޓުކުރުން މެދުކަނޑާލާފައިވާ ތަކެއްޗެވެ.