ވޮލީ

ގައުމީ ފިރިހެން ވޮލީ ޓީމް ސެމީއިން ޖާގަ ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ވޮލީ ސެމީ ފައިނަލަށް ގައުމީ ފިރިހެން ވޮލީ ޓީމް ދަތުރުކޮށްފިއެވެ.

ގައުމީ ފިރިހެން ވޮލީ ޓީމް
ސެމީއަށް ދަތުރުކުރީ މިއަދު މަޔޯޓްއާ ސީޝެލްސް ބައްދަލުކުރި މެޗުން މަޔޯޓާ ބަލިވުމާ
ގުޅިގެންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ވޮލީ ޓީމް ލައްވާލާފައިވަނީ ސީޝެލްސްއާ މަޔޯޓްއާ އެއް ގްރޫޕެއްގައެވެ.

 ރާއްޖޭގެ ފުރަތަމަ މެޗްގައި މަޔޯޓްއާ ވާދަކޮށް ސީދާ ތިން ސެޓުން މަޔޯޓް ބަލިކޮށްފައިވާއިރު، މިގުރޫޕްގައި ސީޝެލްސްއާ
މަޔޯޓާ މިރޭ ވާދަކުރި މެޗް ސީޝެލްސް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. 

ތިން ޓީމް ހިމެނޭ މިގުރޫޕްގައި މަޔޯޓް ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު،
އެޓީމްވަނީ މުބާރާތުން ކަޓާފައެވެ. މަޔޯޓް މުބާރާތުން ކެޓުމާ ގުޅިގެން މާދަމާ
ރާއްޖެއާ ސީޝެލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕްގެ އެއްވަނަ
ލިބޭނެއެވެ.