ބެޑްމިންޓަން

ބެޑްމިންޓަން ޓީމް މެޑެއްޔަކާ ގާތަށް


       އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސް ބަލިކޮށް ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް މެޑެއްޔެއްގެ އުންމީދު ބޮޑުކޮށްފި. މިއަދު ޓީމް އިވެންޓްގައި ރާއްޖެ ސީޝެލްސްގެ މައްޗަށް ކުރިހޯދީ ހަތަރު މެޗް އެއްމެޗުންނެވެ. ރާއްޖޭގެ އަޖުފާން ސީޝެލްގެ މެލްކޫޒެންގެ މައްޗަށް ކުރިހޯދީ ސީދާ ދެސެޓުންނެވެ. މެޗްގެ ސެޓްތައް އަޖުފާން ހޯދީ 21-17 އަދި 21-8ން ނެވެ.       ނަޝީއުއާ ރިޗީ ވާދަކުރިމެޗް ސީދާ ދެސެޓުން ނަޝީއު ޝަރަފުއްދީން ކާމިޔާބުކުރިއިރު މެޗްގެ ސެޓްތައް ޝާރިމް ހޯދީ 21-9 އަދި 21-9ން ނެވެ. ޝާރިމް ފަބިއަންގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދީ 21-08 އަދި 21-10ން. ޑަބަލްސް ފުރަތަމަ މެޗްގައި ޒަޔާން ޒަކީއާ ޝާރިމް ވާދަކުރިމެޗުން ރާއްޖޭގެ ދެކުޅުންތެރިން ބަލިވީ ދެސެޓް އެއްސެޓުން. ޑަބަލްސް ފަހު މެޗް ރާއްޖޭގެ ނަޝީއުއާ ނަޝްފާން ކާމޔާބުކުރީ 21-8 އަދި 21-11ންނެވެ.      މިމެޗްތަކަށްފަހު ރާއްޖެއަށްވަނީ ލީގުގެ ކުރިން ޖާގަ ލިބިފަ. ލީގު އުސޫލުން ކުރިއަށްދާ ޓީމް އިވެންޓް ބައިގެ ރަން މެޑަލް ލިބޭނީ ކޮންމެ ޤައުމެއް ކޮންމެ ޤައުމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.     މިއަދު ރާއްޖޭގެ އަންހެން ޓީމް ރީޔޫނިއަންއާ ވާދަކޮށް ބަލިވީ ހަތަރު މެޗް އެއް މެޗުންނެވެ. ގޭމްސްގައި މާދަމާ ކުރިއަށްދާނީ ޓީމް އިވެންޓް ފަހު މެޗްތަކެވެ.