ޚަބަރު

ކޯވިޑް-19 : އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެ


އިތުރު 16 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 245 އަށް އަރައިފިއެވެ.

މި 16 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި، ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިޔާގެ 4 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑްް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 245 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ކޭސް ނަންބަރުތަކަކީ 229 އިން ފެށިގެން 245އަށް ކަމުގައި އެޗްޕީއޭއިން ވިދާޅެވެއެވެ. އިއްޔެ މާލެއިން ޕޮޒިޓިވް ވެފައިވަނީ 14 މީހެކެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުވަނީ 73 މީހަކު ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. 151 މީހުންނަކީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. އިއްޔެގެ ނިޔަލަށް އައިސޮލޭޝަން ފެސިލިޓީސްތަކުގައި 213 މީހުން އަދި ކަރަންޓީން ފެސިލިޓީސްތަކުގައި 1210 މީހުން އެބަތިއްބެވެ. މިބަލީގައި އިތުރުފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވަނީ 3 މީހުންނެވެ.

މިހަތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. މުޖުތަމައުގެ ތެރޭގައި ބަލި ކޮންޓްރޯލްކޮށް ބަލި އޮތް މިންވަރު ދެނެގަތުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިގެންދަނީ މާލެ ތެރެއިން ރެންޑަމް ސާމްޕަލްތައް ނަގަންފަށާފައެވެ.