ޓީޓީ

އަންހެން ޓީޓީ ޓީމް މޮރިޝަސްގެ މައްޗަށް ކުރި ހޯދައިފި


ފަހަތުން އަރާ ތިން ގޭމް ހޯދައިގެން ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމް މޮރިޝަސްގެ މައްޗަށް ކުރި ހޯދައިފިއެވެ. 

ވާދަވެރި ކުޅުމަކަށްފަހު ޓީމް
އިވެންޓްގައި މޮރިޝަސްގެ މައްޗަށް ރާއްޖޭގެ ޓީމް ކުރި ހޯދީ ތިން ގޭމް ދެ
ގޭމުންނެވެ. ރާއްޖޭގެ ގޭމްތައް ކާމިޔާބުކޮށްފައިވަނީ ސިންގަލްސް މެޗުން ޖުމާނާއާއި، މުއީނާ މުޙައްމަދާއި، ޑަަބަލްސް މެޗުން ޖުމާނާއާއި މުއީނާގެ ޕެއަރއެވެ.

ރީޔޫނިއަންގެ ޖިމްނޭޒިއަމް ޓޭބަލް
ޓެނިސް ކޯޓްގައި ކުޅުނު ޓީމް އިވެންޓްގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ ޖުމާނާއަށް މެޗު ގެއްލުނީ ފަސް ސެޓަށް ގޮސްގެންނެވެ. އެއީ ފަހު
ސެޓްގައި ދެ ޕޮއިންޓްގެ ތަފާތުން ބަލިވެގެންނެވެ. މިމެޗުގެ ސެތްތައް ނިމުނީ 13-15،
11-9، 14-12، 7-11 އަދި 11-13ނެވެ. ދެވަނަ ގޭމް ކުޅުނީ މުއިނާ. މުއީނާއަށް މިގޭމް
ގެއްލުނީ މޮރިޝިއަސްގެ އެއް ނަންބަރު ކުޅުންތެރިޔާއާ ވާދަކޮށް ސިދާ 3 ސެޓުން.
މިގޭމްގެ ސެޓްތަށް މޮރިޝިއަސް ގެންދިޔައީ 11-9، 11-7 އަދި 11-8ކުން. ޓީމް އިވެންޓްގެ ތިންވަނަ މެޗުގައި
ބައްދަލުކޮށްފައިވަނީ ޓަބަލްސް. ޓަބަލްސް މިމެޗްގައި ޖުމާނާއާ މުއީނާގެ ޕެއާރ
މޮރިޝިއަސްގެ ޕެއާރގެ މައްޗަށް ކުރި ހޯދީ ފަހަރުން އަރާ ތިން ސެޓް ހޯދައިގެން.
މިގޭމްގެ ސެޓްތަށް މުއިނާ އަދި ޖުމާނާ ގެންދިޔައީ 7-11، 11-4، 11-6 އަދި 11-8ކުން. އަދި ސިންގަލްސްގެ މުއީނާއާ ޖުމާނާ ކުޅުނު މެޗް
ކާމިޔާބުކޮށް ޓީމް އިވެންޓްގައި މޮރޮޝިއަސްގެ މައްޗަށް ކުރި ހޯދި. އެގޮތުން
ހަތަރުވަނަ ގޭމްގައި ޖުމާނާ ސެޓްތަށް ގެންދިޔައީ 7-11، 11-4، 11-6އަދި 11-8ކުން.
އަދި ފަހު ގޭމްގައި މުއީނާ ސެޓްތަށް ގެންދިޔައީ 11-9، 16-14 އަދި 11-4ކުން.



މެޗަށްފަހު ގައުމީ އަންހެން ޓޭބަލް ޓެނިސްގެ ކޯޗް ޔާސިރުބުނީ ކޮންމެ
ޓީމްއެއްވެސް ވަރަށް ވާދަވެރިކަމަށް. އަދި މިއަދު ކުޅުނު މޮރިޝިއަސް ޓީމްއަކީވެސް
މޮޅު ޓީމްއެއްކަމަށް.



" މޮރިޝިއަސް ޓީމްއަކީ މޮޅު ޓީމްއެއް، ނަމަވެސް ފަހަތުން އަރާ ތިން ގޭމް
ގެންދެވުނީ ކުޅުންތެރިން ކުރި މަސައްކަތުން. ފުރަތަމަ ދެ ސެޓްވެސް ގެއްލުނީ
ދަށްވެގެން ނެއްނޫން. އަމިއްލަ ކުދިކުދި މިސްޓޭކްސްތަކުން އަދި މެޗްގެ
ޕްރެޝަރުވެސް ވަންނަނީ"



ޖުމާނާ އަދި މުއީނާބުނީ މޮރިޝިއަސްގެ މައްޗަށް ކުރި ހޯދުނީ ވަރަށް ހިއްވަރުކޮށްގެންކަމަށް.
ހާއްސަކޮށް މޮރިޝިއަސްއަކީ މޮޅު ޓީމްއަކަށްވެފަ، އެކުޅުންތެރިން ވަކިވަކިންވެސް
މޮޅުކަމަށް. ނަމަވެސް ގޭމްއަކަށްފަހު ގޭމްއެއް ރަގަނަޅު ކޮށްގެން މޮރިޝިއަސްގެ
މައްޗަށް ކުރި ހޯދުމުން ވަރަށް އުފާވާކަމަށް.

ޓީމް އިވެންޓްގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ މުބާރާތް ބައްވާ ގައުމްކަމުގައިވާ ރީޔޫނިއަންއާ ބަލިކޮށްގެން މޮރިޝިއަސް. މޮރިޝިއަސް މިބައިން ޗެންޕިއަންކަން ހޯދާފައިވާއިރު ރާއްޖޭގެ ޓީޓީ އަންހެން ޓީމްވަނީ މޮރިޝިއަސްގެ މައްޗަށް ކުރި ހޯދާފަކަން ފާހަގަކޮށްލެވޭ.