ޓީޓީ

ކުރީގެ ގޭމްސްއަށްވުރެ މިގޭމްސް ކާމިޔާބު - މުއީނާ


ކުރީގެ ގޭމްސްއަށްވުރެ މިގޭމްސް ކާމިޔާބުވުމުން ހިތްހަމަ
ޖެހޭކަމަށް ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުޙައްމަދު ބުނެފިއެވެ. ދެ
މެޑަލްއާއެކު ރާއްޖެ އައުމަށް ފުރުމުގެ ކުރިން އެއަޕޯރޓްގައި ހުރެ މުއީނާ ބުނީ
ކުރިން ގޭމްސްގައި މެޑަލް ނުލިބޭ ދެ އިވެންޓަކުން މެޑަލް ލިބުމުން
ހިތްހަމަޖެހޭކަމަށާއި، ދެރައީ އިންޑިވިޖުއަލް ބައިން މެޑަލް ނުލިބުމުންކަމަށެވެ. ނަމަވެސް އިންޑިވިޖުއަލްބައިގައިވެސް އޭނާގެ މެކްސިމަމް ދިންކަމަށް މުއީނާ ބުންޏެވެ."ނަތީޖާއާއި
މެދު ހިތްހަމަ ޖެހޭ. އެއީ ކުރީ ފަހަރުގެ އިވެންޓްގެ އިތުރަށް އިތުރު
ދެއިވެންޓަކުން މިކާމިޔާބު ލިބުނީ. އަންހެން ޓީމް އިވެންޓް އަދި އަންހެން
ޑަބަލްސް. އެހެންވީމާ އެކަން ވަރަށް ފާހަގަކުރަން ހަމަ." މުއީނާ ބުންޏެވެ.މުއީނާ ވަނީ އަންހެން ޓީމް އިވެންޓާއި
ޑަބަލްސްގައިވެސް ލޯ މެޑަލް ހޯދާފައެވެ.