ޓީޓީ

އަންހެން ޓީޓީ ޓީމް ލޯ މެޑަލް ހޯދައިފި


ރާއްޖޭގެ އަންހެން ޓީޓީ ޓީމް ލޯ މެޑަލް ހޯދައިފިއެވެ. ޓީޓީ ޓީމް ލޯ މެޑަލް
ހޯދީ ފަސް ޓީމް ވާދަކުރި މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު
ކާމިޔާބުކޮށްގެންނެވެ. ރާއްޖޭގެ ކުޅުންތެރިން ކާމިޔާބުކުރީ މަޑަގަސްކަރައާއި
މޮރިޝަސްއާއި ވާދަކުރި މެޗެވެ. މިދެ މެޗުވެސް ރާއްޖޭގެ ކުޅުންތެރިން ކާމިޔާބުކުރީ
ތިން މެޗު ދެ މެޗުންނެވެ.



ރާއްޖެ ބަލިވީ ސީޝެލްސްއާއި ރީޔޫނިއަން އަތުންނެވެ. އެދެމެޗުންވެސް ބަލިވީ
ސީދާ ދެގޭމުންނެވެ. މުބާރާތުގެ ރަން މެޑަލް ލިބުނީ ރާއްޖެ އަތުން ބަލިވި
މޮރިޝަސްއަށެވެ. ރިހި މެޑަލް ލިބުނީ ރާއްޖެ އަތުން މޮޅުވި ރީޔޫނިއަންއަށެވެ.



މިއީ ރީޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ރާއްޖޭގެ އެތްލީޓުން ހޯދި ތިންވަނަ މެޑެއްޔެވެ. އަނެއް ދެމެޑެލް ހޯދީ
ދުވުންތެރިޔާ ހަސަން ސާއިދުއާއި ޝަމްހާ އަހުމަދެވެ. ސާއިދު ރަންމެޑަލް ހޯދިއިރު،
ޝަމްހާއަށް ލިބުނީ ލޯ މެޑެއްޔެވެ.