ޚަބަރު

ފުރުޓް ފްލައި ފޯކައިދޫންވެސް ފެނިއްޖެ


ށ. ފީވަކުން ފެނުނު މޭވާއާއި
ތަރުކާރީއަށް ގެއްލުންތަކެއް ދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ ފުރުޓް ފްލައި އެ
އަތޮޅު ފޯކައިދޫންވެސް ފެނިފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



އެ މިނިސްޓްރީން ވިދާޅުވީ ފޯކައިދޫންވެސް ފުރުޓް ފްލައި ފެނުނުކަމަށް ރެކޯރޑްކުރެވިފައިވަނީ އަންބުންކަމަށެވެ. އަދި ފުރުޓް ފްލައި ކޮންޓްރޯލްކުރުމަށް އެރަށަށް ބޭނުންވާ ސެރެމޯން ޓްރަޕްސް
މާދަމާ ގެނެވޭނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.



ށ. ފީވަކަކީ
ފޯކައިދޫއާއި ވަރަށް ކައިރީގައި އޮންނަ ރަށެކެވެ. އެގްރިކަލްޗަރ
މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގެ ޓީމުތަކުން ހއ.ހދ. އަދި ށ. އަތޮޅުގެ އިތުރު
ރަށްތަކުންވެސް މި ސޫފީގެ އަސަރެއް ފެނޭތޯ ބަލަމުން އަންނަކަމަށެވެ.



އެމިނިސްޓްރީން
ވިދާޅުވީ މި ބާވަތުގެ ސޫފި މޭވާއަށް ކަށިޖެހުމަށްފަހު އޭގެ ބިސް މޭވާގެ އެތެރެއަށް
ފޮނުވާކަމަށާއި އެބިހުން އުފެދޭ ފަނި ތައް މޭވާ ހަލާކު ކޮށްލާ ކަމަށެވެ. އެހެންކަމުން އެ ބާވަތުގެ ސޫފީގެ ބިސް އެކުލެވޭ މޭވާއެއް ނުވަތަ ތަރުކާރީއެއް
އެހެން ރަށަކަށް ގެންދެވިއްޖެ ނަމަ އެ ތަކެތި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.މިއީ
އިންސާނުންނަށް ނުރައްކާތެރި ބާވަތެއްގެ ސުއިއްޕެއް ނޫންނަމަވެސް ގަސްގަހުގައި
އަޅާ ގޮވާމުގެ %90 އާއި %100އާއި ދެމެދުން މިސޫފި
ހަލާކުކޮށްލައެވެ.



ފުރުޓް ފްލައި
ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ،
ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި
ތަރުކާރީ ހިމެނެއެވެ.