ޚަބަރު

އެމްއެމްޕީއާރުސީން ފަތުރުވެރިކަމާބެހޭ ޚާއްސަ ވެބިނަރއެއް އިންތިޒާމްކުރަނީ


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޯވިޑް-19ގެ ސަަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދާއިރާގެ އެކި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އޮންލައިން ސެމިނާރއެއް ނުވަތަ ވެބިނަރއެއް ބާއްވަން ނިންމައިފިއެވެ.

"ރިއެކްޓް، ރީތިންކް، ރިކަވަރ - ސޮލިއުޝަންސް ޓު ދަ ކޯވިޑް-19 ކްރައިސިސް"ގެ ނަމުގައި ބާއްވާ މި ވެބް-ސެމިނާ، ނުވަތަ ވެބިނާއަކީ މޯޯލްޑިވްސް މާކެޓިން އެންޑް ޕަބަލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިންތިޒާމްކުރާ ހަރަކާތެކެވެ.

އެމްއެމްޕީއާރުސީން މިސެމިނާ ބާއްވަނީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ އާއި ޓްރިޕް އެޑްވައިޒައާއި ގުޅިގެނެވެ. މިސެމިނާގައި ފަތުުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ބައިވެރިވެ، މިހާރު ކުރިމަތިވަމުން މިދާ މައްސަލަތަކާ ބެހޭގޮޮތުން މަޝްވަރާކުރާނެއެވެ.

90 މިނެޓުގެ މިސެމިނާގައި ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަަށް ލިބެމުންދާ ގެއްލުމާއި، މިގެއްލުންތަކުން އަރައިގަނެވޭނެ ގޮތްތަކާއި އެހެނިހެން ކަންކަމާބެހޭ ގޮތުން މަޝްވަރާކުރާނެކަމަށް އެމްއެމްޕީއާރުސީން މަައުލޫމާތުދެއެވެ.

ސެމިނާގައި ސާސް އަދި މާޒް ފަދަ ބަލިމަޑުކަމުން އަރައިގަތުމުގައި ދުނިޔޭގެ ފަތުުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމަށްވާ އީޓުއަރިޒަމް ފްރޮންޓިއާޒްގެ ސީއީއޯ ޑެމިއަން ކުކް ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފައެވެ. އޭނާ މި ސެމިނާގެ ބައިވެރިންނަށް މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުން މިދާ ދަތިތަކުން އަރައިގަތުމުގައި ކަންކުރެވޭނެ ގޮތްތަކާބެހޭ މައުލޫމަތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސެމިނާގައި ވާހަކަ ދައްކަވާނެ އިތުރު ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު، ޕާޓާގެ ސީއީއޯ މާރިއޯ ހާޑީ، ޕާޓާގެ ޑިރެކްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޕައުލް ޕްރުއަންކާން، ޓްރިޕް އެޑްވައިޒަރގެ ގްރޫޕް ހެޑް އޮފް ޑެސްޓިނޭޝަން މާރކެޓިން ފޮރ އޭޝިއާ ޕެސިފިކް ސާރާ މެތިއުސް އަދި ޓްރިޕް އެޑްވައިޒާގެ ބިސްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ފޮރ އޭޝިއާ ޕެސިފިކް ލިއޮން ޗަން ހިމެނެވެ.

މި ސެމިނާގައި އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނެއެވެ. ސެމިނާރ ބާއްވާ ތާރީހް ފަހުން އިއުލާން ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.