ޚަބަރު

ކޯވިޑް 19- މި ޙާލަތުގައި ޚިދުމަތްތަކާއި އެހީ ހޯދުމަށް ގުޅުއްވަންވީ ނަންބަރުތައް


ބޭރަށް ނުކުތުން މަނާކުރުމާއެކު މިވަގުތު ކޮންމެ ޚިދުމަތެއް ހޯދުމަށްވެސް ބަރޯސާވާން ޖެހިިފައިމިއޮތީ ކަމާ ގުޅުންހުރި އިދާރާއަކަށް ގުޅައިގެން އެޚިދުމަތެއް ނޫނީ އެހީތެރިކަމެއް ހޯދުމަށެވެ. ޚާއްސަކޮށް މާލެއިން ކޯވިޑް ފެނުމާއިއެކު މިހާރުވަނީ އާއްމު ހުރިހާ ޚިދުމަތެއްވެސް އޮންލައިންކޮށް، އަދި ޑެލިވަރީ ނިޒާމަށް ބަދަލުކޮށްފައެވެ.

އަދި އެހެނިހެން ޒަރޫރީ ކަމަކަށް އެހީތެރިކަން ބޭނުންވި ނަމަވެސް އެކަ ޚިދުމަތެއް ހޯދަން ޖެހެނީ ކަމާއި ގުޅުންހުރި ފަރާތަކަށް އަންގައި އެމީހުންގެ ލަފަޔާއިއެކުއެވެ.

މިކަމަށް ޢާއްމުންނަށް ފަސޭހަކުރުމަށްޓަކައި މިހާރުވަނީ އެކި އެކި ޚިދުމަތް ހޯދުމަށް ޚާއްސަ ހޮޓްލައިންތަކެއް ޤާއިމުކޮށްފައެވެ.

މުހިންމު ކަންކަމުގައި ގުޅާނި ނަންބަރުތަށް

  • 1) 1676 - މިއީ ހެލްތް ޕްރޓެކްޝަން އެޖެންސީ އެޗްޕީއޭއިން ކޯވިޑް ބައްޔާއި ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ހޯދުމަށް ގުޅަންޖެހޭ ނަންބައެވެ. އެގޮތުން ބައްޔަށް ޝައްކުވާ އަލާމާތެއް ފެންނަނަމަ އަމިއްލައަށް ޑޮކްޓަރަށް ދައްކަން ދިއުމުގެ ކުރިން މި ނަންބަރަށް ގުޅައި، އެޗްޕީއޭއިން އިރުޝާދުދޭ ގޮތަކަށް ކުރިއަށް ގެންދާށެވެ.
  • ޚާއްސަކޮށް މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ގެއެއްގައި އެއްވެސް މީހަކަށް ސިއްޙީ އެމްޖެންސީ ކަމެއް ދިމާވެއްޖެނަމަ ގުޅަން ޖެހޭނީ އެޗްޕީއޭގެ ހޮޓްލައިން 1676އަށެވެ. ނުވަތަ ލަސްނުކޮށް އެމްބިއުލާންސްއަށް ގުޅައި ސިއްޙީ އެހީ ހޯދާށެވެ. ކޯވިޑް 19 ބައްޔާއި ގުޅޭ އެންވެސް މައުލޫމާތެއް ހޯދަން ބޭނުންވިއަސް މި ނަންބަރަށް ގުޅާށެވެ.
  • 2) މާލޭގައި ދިރިއުޅޭ މީހުންގެތެރެއިން ޒަރޫރީ ބޭނުމަކަށް ބޭރަށް ނުކުންނަން ޖެހިޖެނަމަ އެކަމުގެ ހުއްދައަށްއެދި ފުލުހުންނަށް ރިކުއެސްޓް ފޮނުވާނީ ފުލުހުންގެ ޕޯޓަލް police.gov.mv/permit މެދުވެރިކޮށެވެ. މިހާރު 3034444 ނުވަތަ 1665 ހޮޓްލައިން ބޭނުންކުރުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް މިކަމަށް އެދުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
  • 3) ހުޅުމާލޭގައި މޮނިޓަރިންގެ ޙާލަތުގައި އޮތް ގޭބިސީއަކުން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ގުޅާނީ ހުޅުމާލެ އައި.ސީ.ޕީ 9300918 ނަންބަރަށެވެ.
  • 4) ހުމާއި ރޯގާގެ އަލާމާތެއް ހުރެގެން ހުޅުމާލެ ޕްލޫކްލިނިކްގެ ޚިދުމަތް ހޯދަން ބޭނުންވާ މީހުން ކްލިނިކްގެ ހޮޓްލައިން 7289259އަށް ގުޅައިގެން، ކްލިނިކްގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންދާށެވެ.
  • 5) މީގެއިތުރަށް އެޗްޑީސީގެ ޕަމްޕްސްޓޭޝަނަކަށް ނުވަތަ މެއިންޓަނަންސް އެއްވެސް މައްސަައެއް ދިމާވެއްޖެނަމަ ގުޅާނީ 9501811އަށެވެ.
  • 6) ދިރިއޫޅޭ ތަނުން ނެރެލުމާއި، ނުވަތަ ނުވަތަ ބޯހިޔާވަހިކަމެއް ހޯދުމުގެ ދަތިކަން ދިމާވެއްޖެނަމަ ޖެންޑަރ މިނިސްޓްރީގެ ހޮޓްލައިން 1412އަށް ގުޅާށެވެ.
  • 7) ކަންމަތީ ފިހާރަތަކަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގަތުމަށް އަމިއްލައަށް ގަންނަ ދާން ބޭނުންނަމަ މާލޭ ސިޓީ ކައުންސިލްގެ ނަންބަރު 9955788އަށް ގުޅުއްވައިގެން ކުރިއަށްގެންދާށެވެ.

އެއްވެސް މީހަކު އެއްވެސް ޚިދުމަތެއް ހޯދުމަށް ގެއިން ބޭރަށް ދިއުމުގެ ކުރިން މި ކަމާއި ގުޅުންހުރި ނަންބަރަކަށް ގުޅައި، ލަފާ ހޯދުމަށްފަހު ކުރިއަށްގެންދާށެވެ.