ކޯވިޑް-19އަކީ ފަސޭހައިން ފެތުރޭ ބައްޔެކެވެ. ވާހަކަ ދައްކާއިރު އަންގައިން ބުރާ، ކުޅުތިކި އެހެން މީހެއްގެ ގަޔަށް ވާސިލްވުމަށް ނަގަނީ މަދު ސިކުންތުކޮޅެކެވެ. ބަލިން ރައްކާތެރިވުމަށް ގައިދުރުކަން އިސްކުރުމަށް އިރުޝާދު ދިނަސް، މާލޭގެ ތޮއްޖެހިފައި އޮންނަ އާބާދީއާއެކު މިއީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކުވެސް ވެވެން އޮތް މިންވަތަކުން ގައިދިރުކަން އިތުރުކުރުން މިވަގުތު މަޖުބޫރެވެ.
މިކަމުގައި އެންމެބޮޑު ސަމާލުކަމެއް ދޭންޖެހެނީ ބަލިޖެހިފައިވާ މީހުންނާއި، ބަލީގެ އަލާމާތްތައްހުރި މީހުންނާއި، މިފަދަ މީހުންނާ ބައްދަލުވެފައިވާ މީހުންނެވެ. ޢަލާމާތްތައް ނެތިވެސް ކޯވިޑް-19ގެ ވައިރަސް ހަށިގަނޑުގައި ހުރުމަކީ އެކަށީގެންވާކަމެެކެވެ. ބަލި ޖެހިފައިހުންނަ މީހުންގެ ކިބައިން ޢަލާމާތްތައް ނުފެނުނަމަވެސް، ސީދާ ދިމާވެފައިވާ މީހެއްނަމަ އެކަހެރިވެ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ.
މިވަގުތު ކުރެވެންއޮތް އެންމެބޮޑު މަސައްކަތަކީ އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް ވާސިލްވިޔަ ނުދީ މުޖުތަމަޢުގެތެރެއަށް ބަލި ފެތުރިގެން ދިއުން ހުއްޓުވުމެވެ.
މިހާރު ދިމާވާ އެއްމައްސަަލައަކީ ބޭނުންކޮށްފައިހުންނަ މާސްކާއި ޓިޝޫފަދަ ތަކެތި ރައްކަތެރިގޮތުގައި ނައްތާނުލުމެވެ. މިއީ އަނެއްކާވެސް ބައްޔަށް ހުށައެޅޭ ވަރަށް ބޮޑު ސަބަބެކެވެ. މިގޮތަށް ރައްކާތެރިކަމެއް ނެތްގޮތުގައި މާސްކާއި ޓީޝޫއާއި އަންގިފަދަ ތަކެތި އެއްލާލާނަމަ އޭގައި ހަރުލާފައި ހުންނަ ވައިރަހުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ނައްތާލުމަށް ވޭސްޓް ސެންޓަރަކާއި ހަމައަށް ގެންދިއުމުގެ ކުރިން ގޭގައި ދިރިއުޅޭ އެހެން މީހުންނާއި ކުނި އުކާލުމުގައި މަސައްކަތްކުރާ މީހުންނަށްވެސް އޭގެ ނުރައްކާ އެބައޮތެވެ.
ބޭނުންކުރާ މާސްކާއި ޓިސޫފަދަ ތަކެތި ޢާއްމު ތަންތަނުގައި ނުބެހެއްޓުން
ބޭނުންކުރުމަށްފަހު މާސްކް ނަގާއިރު އަތުގައި މާބޮޑަށް ނުހޭކޭގޮތަށް ނެގުން
ބޭނުންކޮށްފައި އުކާލާތަކެތި ޕްލާސްޓިކް ކޮތަޅަކަށް ލައި ބާރަށް ގޮސްޖަހައި ޑަސްބިނަށްލުން
ބަލިމީހާ ނުވަތަ ޝައްކުވާ މީހާ އުފައްދާކުނި ވަކިވަކިން ބެހެއްޓުން
ގޭގައި އާއްމުކޮށް ބޭނުންކުރާ ޑަސްބިނަށް އެފަދަ ކުނި އަޅަންވާނީ 3 ދުވަހު ވަކިން ބެހެއްޓުމަށްފަހު
ގޭގައި އިންފެކްޓްނުވާ އެހެން މީހުން އުފައްދާ ކުނި އާއްމު އުސޫލުން އުކާލެވިދާނެ
މީގެއިތުރަށްވެސް އެފަދަ މިހެއް ހުރިތަނެއް ޑިސްއިންފެކްޓްކުރަން ނުވަތަ ސާފުކުރަން ބޭނުންކުރާ އުއްކާލާ ޒާތުގެ ފޮތިފަދަ ތަކެތިވެސް އުކާލަންވާނީ މިގޮތަށް ވަކިން ރައްކާތެރިގޮތުގައެވެ. އެފަދަ މީހުންގެ އަންނައުނާއި އެންދުގާ އަޅާ ބެޑްޝީޓްފަދަ ތަކެތި ދޮންނަ މެޝިނަށް ލުމުގެ ކުރިންވެސް 2-3 ދުވަހު ވަކިން ބެހެއްޓުމަށް ސަމާލްކަންދޭށެވެ.
އަދި ކެއިން ބުއިމުގައި ބޭނުންކުރާ ތައްޓާއި ސަމުސާފަދަ ހިފާގެންގުޅޭ ތަކެތި ވަކިން ގެންގުޅޭށެވެ.