ވިޔަފާރި

ސަމާލުވޭ! ޕޭޖްތައް ހަދައިގެން ތަކެތި ވިއްކުމުގެ ނަމުގައި އޮޅުވާލުމެއް!


މި ހާލަތުގެ ބޭނުން ނާޖާއިޒްގޮތުގައި ހިފައި ތަފާތު އޮންލައިން ޕޭޖްތައް ހަދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ގޮތުންނާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންނަށް ފުރުސަތު ހަނިކުރުމުގެ ގޮތުން، ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކަށް ދޭ އޯޑަރުތައް ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށް ސަމާލުވާންޖެހޭ ކަމަށެވެ.

މާލެ ސިޓީ ފުރަބަންދަކަށް ދިޔުމާއެކު ޑެލިވަރީގެ ޙިދުމަތްދޭ ތަންތަނަށްވަނީ ޑިމާންޑު ބޮޑުވެފައެވެ. ބައެއް ތަންތަނުން ޑިމާންޑު ބޮޑުވެ ދޭ އޯޑަރުތައް ޑެލިވަރީ ކުރުމަށްވެސް އެތައް އިރެއް ނަގައެވެ. އެހެންކަމުން އޮންލައިންކޮށް ހަމައެކަނި ފިހާރަތަކުން ތަކެތި ގަތުމުގެ އިތުރަށް އޮންލައިން ވެބްސައިޓްތަކާއި ފޭސްބުކުފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ތަކެތި ވިއްކާ ފަރާތްތަކަށްވެސް ބަރޯސާ ވާން މިވަނީ ޖެހިފައެވެ.

ސައިބާ ކްރައިމް ނުވަތަ އޮންލައިންކޮށް ހިންގާ ކުށްތައް އާންމުވަމުންދާއިރު އޮންލައިންކޮށް ވިޔަފާރި ކުރުމުގައި ސަމާލުވުން މުހިންމެވެ.