ޚަބަރު

މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކު ފެނިއްޖެ


މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާ މިހާރު ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

އެ މީހާ ފެނުނީ ފުލުހުން މަގުމަތި ޕެޓްރޯލްކުރަމުން ދަނިކޮށް މިރޭ 20:31ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނީ އަސަރީ ގޯޅިއާއި މަޖީދީމަގު ގުޅޭ ކަންމަތިން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހާއަކީ 50 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންނެވެ.