ޚަބަރު

ކޯވިޑް-19 : ޞައްހަ މަޢުލޫމާތު ނުދޭނަމަ ފިޔަވަޅުއަޅާނަން - ޕީޖީ


ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން އެދޭ މަޢުލޫމާތެއް ދިނުމަށް ދެކޮޅުހަދާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވީ ނުރައްކާތެރި ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް ސައްހަ މައުލޫމާތުދީ އެއްބާރުލުން ނުދޭނަމަ އެކަން ތަހްގީގުކުރަން ޖެހޭނެކަމަށެވެ. އަދި މިފަދަ ޙާލަތުގައި މައުލޫމާތު ދިނުމަަށް ދެކޮޅު ހެދުމަކީ ކުށެއް ކަމަށް ޤާނޫނުލްއުޤުބާތުގައިވެސް ކަނޑައަަޅާފައިވާކަމަށް އޭނާ ވިދާޅިވިއެވެ.

އެކުށުގެ އަދަބެއްގެގޮތުގަަައި ޖަލުހުކުމް ކަނޑައަޅާފައިވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. ދައުލަތުގެ އިދާރައަކަަށް ދޮގު މަޢުލޫމާތެއް ދިނުމާއި މީހެއްގެ ފުރާނައަށް ގެއްލުންވެދާނެފަދަ ފަރުވާކުޑަ އަމަލެއް ހިންގުންފަދަ ކުށްތައް ހިމެނޭކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.