ޚަބަރު

ކޯވިޑް-19 : އުލިގަމުން ޝައްކުވި މީހާ ޕޮޒިޓިވް


ހއ. އުލިގަމުން ކޯވިޑަށް ޝައްކުވި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އުލިގަމުން ކޯވިޑަށް ޕޮޒިޓިވްވި މިމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ދިމާވި މީހެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 52 މީހެކެވެ. މީގެ ތެރެއިން 31 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން
15 އޭޕްރީލް 2020ގައި އެކަކު
16 އޭޕްރީލް 2020ގައި 2 މީހުން
17 އޭޕްރީލް 2020ގައި 6 މީހުން
18 އޭޕްރީލް 2020ގައި 7 މީހުން
19 އޭޕްރީލް 2020ގައި 16 މީހުން

އަތޮޅުތެރެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން
19 އޭޕްރީލް 2020ގައި ހއ.އުލިގަމުން އެކަކު

ރަނގަޅުވި މީހުން
20 މާރޗް 2020ގައި 2 މީހަކު
21 މާރޗް 2020ގައި އެކަކު
23 މާރޗް 2020ގައި 2 މީހަކު
25 މާރޗް 2020ގައި 3 މީހަކު
26 މާރޗް 2020ގައި އެކަކު
28 މާރޗް 2020ގައި 2 މީހަކު
29 މާރޗް 2020ގައި 2 މީހަކު
12 އޭޕްރީލް 2020 އެކަކު
14 އޭޕްރީލް 2022 މީހުން

ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.