ވިޔަފާރި

މީރާއިން "ކޮބާ ރަސީދު؟" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި


ވިޔަފާރި މުއާމަލާތްތަކާ ގުޅޭ ރަސީދުކޮޅު ހޯދުމުގެ އާދަ
އާންމުންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން އަގުހުރި
އިނާމުތަކަކާއެކު މީރާއިން "ކޮބާ ރަސީދު؟" ގެ ނަމުގައި ކެމްޕޭނެއް
ފަށައިފިއެވެ.



މީރާއިން މައުލޫމާތުދޭގޮތުގައި މި ކެމްޕޭންގައި ބައިވެރިވެގެން
35000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާކަމަށެވެ.



މުދާ ވިއްކާ ފިހާރަތަކުންނާއި ޚިދުމަތްދޭ ތަންތަނުން
ދޫކުރާ ރަސީދުކޮޅުތައް ހޯދައި،
ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި
ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބަރ ނަންބަރު 9551415 އަށް ވައިބަރ
ކޮށްގެން  ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ކޮންމެ ފަރާތަކަށް ވެސް މި ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށް
މީރާއިން ބުނެއެވެ.  



 މި ގޮތުން ރަސީދު
ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 3,000 (ތިން ހާސް) ރުފިޔާގެ
ފައިސާގެ އިނާމަކާއި، 1 އޮގަސްޓުން 31 ޑިސެމްބަރު 2015 ގެ ނިޔަލަށް އެންމެ ގިނަ ފިހާރަތަކުން އެންމެ
ގިނަ އަދަދަކަށް ރަސީދު ހުށަހަޅާފައިވާ ފަރާތަކަށް 20,000 ރުފިޔާގެ ފައިސާގެ
އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށްވެސް މީރާއިން ބުނެއެވެ.