 
										
			މޯލްޑިވް ގޭހުން ގޭސް ޑެލިވަރީގެ ޚިދުމަތް މިއަދު ދޭނީ މިރޭ 8:30 އާ ހަމައަށް ކަމަށް އެކުންފުނިން ބުނެފިއެވެ. 
މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް "ލޮކްޑައުން" ކޮށްފައެވެ. މި ދަނޑިވަޅުގައި މޯލްޑިވް ގޭސްގެ ކަސްޓަމަރުންނަށް ގޭސް ފުޅި ޑެލިވަރީ ކޮށްދިނުމަށް 'އެމެޖެންސީ ގޭސް ޑެލިވަރީގެ" ޚިދުމަތް ދޭން ފަށާފައިވާއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި ގޭސްފުޅި ޑެލިވަރީކޮށްދޭނީ އެޕާޓްމަންޓުގެ ބޭރު ދޮރާއި ހަމައަށް ކަމަށް މޯލްޑިވް ގޭސްއިން މަޢުލޫމާތުދެއެވެ. 
		
 
					
									މޯލްޑިވް ގޭސްއިން މީގެކުރިން ދިޔައީ ގޭސްފުޅި ގުޅައިދިނުމުގެ ޚިދުމަތްވެސް ދެމުންދެއެވެ. އެކުންފުނިން ވަނީ ރޭ ވެސް އެއް ގަޑިއިރަށް އިމަޖެންސީ ޑެލިވަރީގެ ޚިދުމަތް ދީފައެވެ.
 
					
									މޯލްޑިވް ގޭސްއިން ވަނީ ގޭސްފުޅިއަށް އޯޑަރ ކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން އެސްއެމްއެސް ކޮށްގެންނާއި، ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށްވެސް ގޭސްފުޅިއަށް އޯޑަރ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ގޭހަށް ފައިސާ ދެއްކޭނެ އޮންލައިން ޕޯޓަލެއްވެސް އެ ކުންފުނިން މިހާރުވަނީ ތައާރަފުކޮށްފައެވެ.