ޚަބަރު

ކޯވިޑް-19 : މާފަންނު ޖަރީމާގެ މޮނިޓަރިންގެ ހާލަތަށްގެނެސް ވަދެނިކުތުން މަނާކޮށްފި


މާލޭ ސިޓީއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން މ. ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މ.ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އެގެޔަށް މީހުންނަށް ވަދެ ނިކުމެ އުޅުންވެސް މަނާކޮށްފައިވާކަމަށެވެ. މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި 55 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި 55 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާ މި މީހުންނަކީ 4 ގެއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން އެކި ރަށްރަށުގައި ތިބިކަން ފާހަގަކުރެވިފައިވާއިރު، އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.