ޚަބަރު

އެންމެ ބާރުބޮޑުވި ވަގުތު އެސްޓީއޯ ސުޕަމާކެޓްތެރޭގައި މާރާމާރިއެއް


މާލޭގައި ހުންނަ އެސްޓީއޯ ސުޕަމަރކެޓްތެރޭގައި މާރާމާރިއެއް ހިންގައިފިއެވެ. މި މާރާމާރި ހިންގާފައިވަނީ މިއަދު މެންދުރު ގިނަ ބަޔަކު އެ ފިހާރާގައި ވިޔަފާރިކުރަން ގޮސް ތިއްބައެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީގައި އަނިޔާވެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާ ޑޮކްޓަރަކަށް ކަމަށެވެ. މި މައްސަލައިގައި 49 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

މި މާރާމާރީގައި އަނިޔާވި ޑޮކްޓަރުގެ ލޯކައިރި މަށައިގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.