ޚަބަރު

ކޯވިޑް-19 : ލަންކާގައި ކޯވިޑްއަށް ޕޮޒިޓިވްވި 4 މަހުގެ ކުއްޖާ ރަނގަޅުވެއްޖެ


ސްރީލަންކާގައި ކޯވިޑް 19 ޖެހުނު 4 މަހުގެ ތުއްތު ކުއްޖާ ބަލިން ރަނގަޅުވެއްޖެއެވެ.

ސްރީލަންކާގައި މިހާތަނަށް ކޯވިޑް19 އަށް 210 މީހަކު ޕޮޒިޓިވްވެފައެވެ. މި މިމީހުންގެ ތެރެއިން އެޤައުމުގައި އެންމެ ހަގު އުމުރުގައި ކޯވިޑް ޖެހިފައިވަނީ އެންމެ 4 މަހުގެ ތުއްތު ކުއްޖަކަށެވެ.

މިކުއްޖާއަށް ކޯވިޑްޖެހިފައިވާކަން އެނގިފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ. މިކުއްޖާއާއެކު އެއާއިލާގެ 4 މެމްބަރަކަށްވެސް ވަނީ ކޯވިޑް ޖެހިފައެވެ. ނަމަވެސް މިހާރު 4 މަހުގެ ކުއްޖާއާއި އާއިލާގެ އިތުރު 2 މެމްބަރަކު ބަލިން ރަނގަޅުވެ، ގެއަށް ވަނީ ދޫކޮށްލާފައެވެ.

މި ތުއްތު ކުއްޖާއާއި، މިކުއްޖާގެ އާއިލާއާއި ސީދާ ދިމާވި 20 މީހަކުވަނީ ވަނީ ސެލްފް ކަރަންޓީން ކުރެވިފައެވެ. ސްރީލަންކާގައި ބަލިޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 50 އަށްވުރެ ގިނަ މީހުންވަނީ ރަނގަޅުވެފައެވެ. ބަލީގައި މިހާތަނަށް އެޤައުމުން މަރުވެފައިވަނީ 7 މީހަކެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް ސްރީލަންކާއިންވެސް ދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަމުން. އެގޮތުން މިދިޔަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެޤައުމުންވަނީ ކާފިއު އިއުލާންކޮށް، ދަތުރުފަތުރުވެސް ހުއްޓާލާފަ. ސާކްގެ 8 ޤައުމުގެ ތެރެއިން މިބަލި އެންމެބޮޑަށް ފެތުރެމުންދަނީ އިންޑީޔާގަ. އިންޑިޔާގައި މިހާތަނަށް 9،000 އަށްވުގެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، 330 މީހަކުވަނީ މަރުވެފަ. އިންޑިޔާ ފިޔަވައިދެން ދެން އެންމެ ހަލުވިކަމާއިއާއެކު ބަލި ފެތުރެމުންދަނީ ޕާކިސްތާނުގައި. ޕާކިސްތާނުގައި 5،000 އަށްވުގެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި 93 މީހަކު ވަނީ މަރުވެފަ.

ދުނިޔޭގައި ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުންދާއިރު، މިބައްޔާއިމެދު ހުރިހާ އުމުރެއްގެ މީހުންވެސް ސަމާޅުވުމަށް ޞިއްޙީ މާހިރުންދަނީ އިލްތިމާސްކުރަމުން. އަދި މިބައްޔަކީ ވަކި އުމުރަކަށް ވަކި، ނަސްލަކަށް އޮތް ބައްޔެއް ނޫންކަން ބަލި ޖެހޭ މީހުންނާއި، މަރުވާ މީހުންނަށް ބަލައިލުމުން ހާމަވާކަމަށް ޞިއްޙީ މާހިރުން ވިދާޅުވި.