ކުޅިވަރު

ބައިބަލާ މުބާރާތުގެ ކުއާޓަރ ފައިނަލުން 4 ޓީމެއް ޖާގަ ހޯދައިފި


ފިތުރުޢީދު ބައިބަލާ މުބާރާތުގެ ކުއާޓާރ ފައިނަލުން ހަތަރު ޓީމެއް ރޭ ޖާހަ ހޯދައިފިއެވެ.މުބާރާތުގެ ގަދަ ސޯޅައިގެ ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް ކުއާޓާރ ފައިނަލުން ޖާގަ ހޯދި ހަތަރު ޓީމަކީ ކްލަބް ޒެފްރޯލް، ލޮރެންޒޯ ހޭނާސް، ސީކޭ އަދި ހިޓާޗީ ކުޑަހެންވޭރު ޔުނައިޓެޑެވެ.ކްލަބް ޒެފްރޯލް ގަދަ އަށަކުން ޖާގަ ޔަގީން ކުރީ ހައްހާ ވައިކަންމަތި ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.އޮޔެހާ ސްޕޯޓްސް ސީދާ ދެ ގޭމުން ބަލިކޮށް ލޮރެންޒޯ ހޭނާސް ގަދަ އަށަކުން ޖާގަ ހޯދިއިރު، ސީކޭ ގަދަ އަށަކުން ޖާގަ ހޯދީ އެލްޓީ ބަނޑޭރިކޮށި ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ހިޓާޗީ ކުޑަ ހެންވޭރު ކުއާޓާރ ފައިނަލުން ޖާގަ ހޯދީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ދިހަ ފަހަރު ހޯދާފައިވާ ބީޖީ ސްޕޯޓްސް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.މި މުބާރާތުގައި މިރޭ ކުޅޭނީ ގަދަ ސޯޅައިގެ ފަހު ހަތަރު މެޗެވެ.