ޚަބަރު

ރައްޖޭގެ ޙާލަތާ މެދު، ޑަބްލިއުއެޗްއޯއާ ރައީސް މަޝްވަރާކުރައްވައިފި


ކޯވިޑް-19އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުލިއުއެޗްއޯ)އިން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑރ.ޓެޑްރޮކް އަދަނޯމް ގެބްރިއޯސުސް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

ފޯނުން ގުޅުއްވައިގެން ކުއްރިއަށްގެންދެވި، ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި މިކަމުގައި އިތުރަށް ކުރެއްވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރަޢީސުލްޖުމްހޫރިއްޔާވަނީ ކޯވިޑް 19އަށް ޤައުމުތަށް ހޭލުންތެރިކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޑަބްލިއުއެޗްއޯއިން ޤައުމުތަކަށްދޭ އިރުޝާދު ފާހަގަކުރައްވާފައެވެ. މިއީ މުޅިން އަލަށް ފެތުރު ބައްޔަކަށް ވުމާއި އަދި ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އަދި އިންސާނީ ވަސީލަތްތަކުގެ އެހީ އަށް ޝުކުރު އަދާކުރައްވާފައެވެ.

ރައިސް އިބްރީހީމް މުޙައްމަދު ޞާލިޙްވަނީ ކޯވިޑް-9އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރައްވަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ މިހާރުގެ ޙާލަތު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޮކް އަދަނޯމް ގެބްރިއޯސުސްއާ ޙިއްސާކުރައްވާފައެވެ.

މިޙާލަތުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއިން ދެއްވަމުންދާ އެހީ ފާހަގަކުރައްވައި ރައީސްވަނީ ޑަބްލިއުއެޗްއޯގެ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.