ވިޔަފާރި

ފިޔާ، އަލުވި އަދި ބިހުގެ އިތުރު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި


އެސްޓީއޯއިން ރާއްޖެއަށް ފިޔާ، ބިސް އަދި އަލުވީގެ އިތުރު ޝިޕްމަންޓެއް ގެނެސްފިއެވެ.

ކޯވިޑް-19 ވައިރަހުގެ ސަބަބުން ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެކަން ކަށަވަރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ގެނެސްފައިމިވަނީ އިންޑިއާއިންނެވެ. އަދި މިމަހުގެ 12ވަނަ ދުވަހު އިތުރު ޝިޕްމަންޓެއް ރާއްޖެއަށް އަންނާނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ބާޒާރުގައި މި ބާވަތްތަކުގެ އަގު އުފުލެމުންދާތީ އަގު ހެޔޮކޮށް ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތްދިނުމަށް އެސްޓީއޯއިން ދަނީ ފިޔާ ބިސް އަދި އަލުވި ކޮންޓްރޯލްކޮށްގެން ވިއްކަމުންނެވެ. އެގޮތުން ކޮންމެ މީހަކަށް އެއްކިލޯ ފިޔާ، އެއްކިލޯ އަލުވި އަދި އެއް ޓްރޭ ބިހުގެ ރޭޓުން މުދާ ވިއްކުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެސްޓީއޯއިން ބިސް ވިއްކަނީ 1.50 ރުފިޔާއަށެވެ. ފިޔާ އަދި އަލުވި ވިއްކަނީ 12 ރުފިޔާއަށް ކިލޯއެކެވެ.