ޚަބަރު

ކޯވިޑް-19 : ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައިތިބި މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދޭނަން - މިނިސްޓަރ


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޚާއްސަ ޙާލަތުގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިތިބި މީހުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކއި ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ޖެންޑަ މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ޞިއްޙީ ކުއްލިނުރައްކަލުގެ މިޙާލަތުގައިވެސް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިނިސްޓްރީން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއްކަމަށެވެ.

އެމިނިސްޓްރީގެ ބެލުމުގެދަށުން ހިންގަމުންދާ ހުރިހާ މަރުކަޒެއްގައި މިހާރުވެސް އިތުރަށް އެއްމަސް ދުވަހަށް ބޭނުންވާ ވަރަށް ކާބޯތަކެތީގެ ކަންކަން ހަމަޖައްސަވާފައިވާކަމަށާ، މިފަދަ ކޮންމެ މަރުކަޒެއްގައިވެސް 2 އައިސޮލޭޝަން ރޫމަށްވުރެއް އިތުރުވާގޮތައް ތަންތަން ތައްޔާރުކޮށްފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.