ޓެނިސް

އައިއޯއައިޖީ ގައި ޓެނިސް ޓީމްވެސް މެޑައްޔަކަށް


އުއްމީދަކީ މެޑެއްޔެއް ގެނައުކަމަށް އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވެފައިވާ ރާއްޖޭގެ ޓެނިސް ޓީމުންވެސް
ބުނެފިއެވެ. ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ބޭރުގެ
މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެފައިވާ ޓެނިސް ޓީމްގެ މެނޭޖަރ ބުނީ އެންމެ
ބޮޑު މައްސަލައަކީ ގޭމްސްގައި ވާދަކުރަންޖެހޭ ޓީމްތަކުގެ ފެންވަރު ނޭންގުންކަމަށެވެ. ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ފާއިތުވި ދެމަސްދުވަހު ވަރަށް ބުރަކޮށް، ވަރަށް
ރަނގަޅަށް ތައްޔާރުވެއްޖެކަމަށާއި، ލޯމެޑެއްޔަކަށް ނަމަވެސް އުއްމީދުކުރާކަމަށެވެ.

ޓީމްގެ ކެޕްޓަން ފާރިސް ބުނީ އެހެންޓީމްތަކުގެ ފެންވަރު އެހާ ރަނގަޅަށް
ނޭންގޭކަމަށާއި، ނަމަވެސް ތައްޔާރުވާތާ ދެމަސްވެއްޖެކަމަށެވެ." އެހެން ޓީމްތަކުގެ ފެންވަރެއް އެހާ ބޮޑަކަށް ނޭންގޭ. ނަމަވެސް ދެމަސް ވެއްޖެ އަޅުގަނޑުމެން ގޭމްސްއަށް ތައްޔާރުވާތާ. ރަނގަޅު ކާމިޔާބީއަކަށް މަސައްކަތްކުރަނީ. މެޑެއްޔެއް ލިބޭނެކަމަށް އުއްމީދުކުރަން. " ފާރިސް ބުންޏެވެ.

ޓެނިސް ޓީމް ދާދިފަހުން ވަނީ ސްރީލަންކާގެ
އެންމެ ސީނިއަރ ކުޅުންތެރިންނާއެކު އެޤައުމުގައިވެސް މެޗުތަކެއް ކުޅެ ތަމްރީން
ހޯދާފައެވެ. ޓެނިސް ޓީމްގައި ހިމެނެނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ދެ
ކުޅުންތެރިންނެވެ. ކޯޗަކީ ފިލިޕީންސްގެ ތަޖުރިބާކާރު ކޯޗެކެވެ.