ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 800،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ކޯވިޑް-19ގެ ނުރައްކާ 200 އަށްވުގެ ގިނަ ޤައުމަށް ވަނީ ކޮށްފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު 800،000އަށްވުރެ މައްޗަށް އަރާފައިވާއިރު ބަލީގައި 38،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މި ބަލިން މިހާތަނަށް 170،000އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.
ކޯވިޑް-19 އަކީ މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާއިރު ބަލީގެ ސީރައަސް ހާލުގައި މިހާރުވެސް 30،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބަލިޖެހިފައިވާ މީހުންގެ ނިސްބަތްވަނީ އިންތިހާޔަށް މައްޗަށް ގޮސްފައެވެ. މިމުއްދަތުގައި ބަލިޖެހިފައިވާ މީހުންގެ އަދަދުވަނީ 780،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މިމުއްދަތުގައި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 30،000 އަށްވުރެ މައްޗަށް އަރާފައެވެ.
ކޯވިޑުގެ ނުރައްކާ އެންމެބޮޑަށް އޮތް ގައުމަކީ އެމެރިކާއެވެ. އެމެރިކާގައި 164،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން އިޓަލީގައި 101،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، ބަލީގައި 8،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
މިދުވަސް ވަރު ކޯވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ބޮޑެތި އާބާދީ ހިމެނޭ ޤައުމުތަކެވެ. ސްޕެއިން، ޖަރުމަން ފަދަ ޤައުމުތަކުގައި ބަލި ކޮންޓްރޯލްނުވެ ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
ކޯވިޑް އެންމެފުރަތަމަ ފެނުނު ޗައިނާ އިންވަނީ މި ބަލި ވަރަށްބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އެޤައުމުގައި މި ބަލިޖެހޭ މީހުންގެ ނިސްބަތް މިހާރު މަދުވެފައިވާއިރު، އެޤައުމުންދަނީ އާންމު ދިރިއުޅުމަށް އަނބުރައި ދިއުމަށްޓަކައި ތައްޔާރީތައްވަމުންނެވެ.