ޚަބަރު

ކޯވިޑް-19 : ލަކްސް ނޯތު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުގެ މަސައްކަތް ފަށައިފި


ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު އެމީހާ މިހާރު ހޯމް އައިސޮލޭޝަންގައި ބަހައްޓާފައިވާކަމަށެވެ.

ކޯވިޑަށް ޝައްކުކުރެވޭ އަލާމާތް ހުރި މީހަކު ފެނިފައިވާތީ ލަކްސް ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.