ޚަބަރު

މަނާކޮށްފައިވަނިކޮށް ރިސޯޓަކަށް އެރި މުވައްޒަފަށް ދަޢުވާ ކުރަނީ


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ޚިލާފަށް ރިސޯޓަކަށް މީހަކު އެރި މައްސަލައިގެ ތަޙްޤީގު ނިންމައި ދަޢުވާކޮށްދިނުމަށްއެދި ޕޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ތަހްގީގު ނިންމާފައިވަނީ މަނާކޮށްފައިވަނިކޮށް މިމަހުގެ 21ވަނަ ދުވަހު ހއ.އަތޮޅުގެ ރިސޯޓަކަށް، އެރިސޯޓްގެ މުވައްޒަފަކު އެރި މައްސަލައިގައެވެ. މި މައްސަލައިގައި ހިމެނެނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ހުށައެޅީ މިމަހުގެ 21ވަނަ ދުވަހުގެ ރޭ 19:49ހައި އިރުއެވެ. މީގެއިތުރަށްވެސް، ރިސޯޓަށް އަރާ ފޭބުން މަނާކޮށްފައިވަނިކޮށް ރިސޯޓަކުން މުވައްޒަފުން ފޭބި މައްސަލަތަކަކާއި، އަދި ސަފާރީތަކުން މުވައްޒަފުން ފޭބުމުގެ މައްސަލަތަކެއްވެސް ފުލުހުންދަނީ ތަޙްގީގުކުރަމުންނެވެ.