ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓަރ އެއް ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ މި ނިންމުމަކީ ކޯވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ކުރަންޖެހޭ މިންވަރު އިތުރުވެފައި ވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުވުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއްކަމަށެވެ.
މި 10ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރިޗް އަދި އެޕްރިލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރެވޭ ވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންގ މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ވަނީ ދީފައިއެވެ. އަދި މި އަންނަ އެޕްރިލް މަހުގައި ވެސް %30 އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް ވަނީ %50 ޑިސްކައުންޓް ދީފައިވެއެވެ. އަދި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީން މާރިޗު އަދި އެޕްރީލް މަހު %25 ޑިސްކައުންޓް ދޭން ވަނީ ނިންމާފައިއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޑިސްކައުންޓްދީފައެވެ.