ޚަބަރު

ކޯވިޑް-19 : އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

މާލެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ބައެއް އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމަށް ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބައްލަވައިލައްވާފައެވެ.

ރައީސް ވަނީ އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދީ ކޮންޓްރޯލްކޮށް މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަންނަނީ އަޅުއްވަމުންނެވެ.